ހަވީރު ހައެއްގެ ފަހުން ހިޔާ ފްލެޓްގައި އަޑުގަދަކޮށް މަސައްކަތް ކުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފިއެވެ.
އެކުންފުނިން ކުރި އިއުލާނެއްގައި ބުނީ ފްލެޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާތީ ހަވީރު 6 އިން ހެނދުނު 8 ޖެހުމާ ހަމައަށް އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމަށެވެ.
އެގޮތުން ފްލެޓުތަކުގައި އުޅޭ ފަރާތްތަކުން މިކަމަށް ސަމާލުވުމަށާއި އަދި ފްލެޓުގައި މަސައްކަތް ކުރާއިރު އަވަށްޓެރި ފްލެޓްތަކަށް ދަތިނުވާނެހެން މަސައްކަތް ކުރިއަށްގެންދަން އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އަޅާފައިވާއިރު އެ ތަންތަނުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އޮގަސްޓް މަހުގައެވެ.
