އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުގައި ދަމާފައި ހުރި ”އިންޑިއާ އައުޓް“ ބެނާ ނެގުމަށް އެ ގެއަށް ވަނުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލު ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ, އާންމު މަސްލަހަތައް ގެއްލުންވާ ފަދަ އަމަލެއްގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން އަމުރު ނެރުނު ނަމަވެސް އެ އަމަލެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ, ބޭނާ ހަރުކުރުމަކީ ކުށެއް ކަމަށް ބުނި ނަމަވެސް އެ ބެނާ ނެގުމަށް ޔާމީނާށް ފުލުހުން ކުރިން އެންގި ސަބަބު އެނގެން ނެތް ކަމަށެވެ.
އަދި ކޯޓު އަމުރުގައި, ހެކިތަކެއް ހޯދުމަށް ފުލުހުން އެދިފައި ހުރި ނަމަވެސް ދޫވެހިގެއިން ހަމައެކަނި ގެންގޮސްފައިވަނީ ބެނާކަން އެނގެން އޮންނަ ކަމަށްވެސް އެ އަމުރުގައިވެއެވެ.
ހ. ދޫވެއްސައް ވަނުމަށް ފުލުހުންގެ އެދުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު, ބާތިލްކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅުއްވީ ރައީސް ޔާމީނެވެ.
