ޘާބިތު ހައްޖު އެންޑް އުމްރާ ގްރޫޕާއެކު، ކުރިއަށް އޮތް 2024 ވަނަ އަހަރު ނުވަތަ ހިޖުރީ ގޮތުން 1445 ވަނަ އަހަރުގެ ރަމަޟާން މަހުގައި، އުމްރާގެ އަޅުކަން އަދާ ކުރަން ދިޔުމުގެ ފުރުސަތު، ހާއްސަ ޑިސްކައުންޓްތަކާއިއެކުގައި ހުޅުވައިލައިފިއެވެ.
ކަލަންޑަރުގައިވާ ގޮތުން، އަންނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާޗު މަހުގެ 10 ވަނަ ދުވަހެވެ.
ޘާބިތު ގްރޫޕުން، ރަމަޟާން މަހުގެ 44 ދުވަހުގެ އުމްރާއަށް ފުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު މަހުގެ އަށްވަނަ ދުވަހުއެވެ. އަދި އެނބުރި އައުމަށް ހަމަޖެހިފައިވަނީ، އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. މި ދިގު އުމްރާގެ ޖުމްލަ އަގަކީ 43،500 ުރުފިޔާއެވެ. 50 ޖާގަ ހުޅުވައިލައިފައިވާ މި އުމްރާގެ އަޅުކަމުގައި ބައިވެރިވާ ފަރާތްތަކަށް ގިނަ ހިދުމަތްތަކެއް ވެސް ލިބޭނެ ކަމަށް ޘާބިތު ގްރޫޕުން ބުނެއެވެ.
44 ދުވަހުގެ އުމްރާގެ ބައިވެރިންނަށް ލިބޭނެ ހިދުމަތްތައް:
- ތިން އުމްރާ ކުރުމުގެ ފުރުސަތު
- ދެކޮޅު ޓިކެޓް، އަދި އުމްރާ ވިސާ
- މައްކާ އަދި މަދީނާގައި ހުރުމާއި ކެއުން( ދިވެހި ކެއުން)
- ޙަރަމްފުޅާއި ކައިރިން ހޮޓާ
- އިޙްރާމް އަދި ފައިވާން ލާ ދަބަސް
- އުމްރާ ޓްރެއިނިން އަދި ދުއާ ކާޑު
- މައްކާ އަދި މަދީނާ ޒިޔާރާތް ދަތުރު
- ޠާއިފު ދަތުރު(ހިލޭ)
މީގެ އިތުރުން ވެސް ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި، އަގީގާ އާއި ސަދަގާތުގެ ގޮތުގައި ބަކަރި ކަތިލުމާއި، ޖިއްދާ ދަތުރު ވެސް ހިމެނެއެވެ.

ދެން އޮތީ ރަމަޟާން މަހުގެ ފަހު 19 ދުވަސް، ހަ ރޯދަ އާއިއެކު ލިބޭ ކުރު އުމްރާ ކުރުމުގެ ފުރުސަތެވެ. މި އުމްރާގެ އަޅުކަމުގެ ބައިވެރިންނަށް ދެ އުމްރާ ކުރެވޭއިރު، އިތުރު ހިދުމަތްތަކާއެކު، ޠާއިފުގެ ދަތުރު ހިލޭ ލިބޭނެއެވެ. މި ފުރުސަތު ވެސް 50 ފަރާތަކަށް ވަނީ ހުޅުވައިލައިފައެވެ.
މި އުމްރާގެ ޖުމްލަ އަގަކީ 39،500 ރުފިޔާއެވެ.

ހާއްސަ ކަމަކީ ކޮބާ؟
ރަމަޟާން މަހުގެ މި ދެ އުމްރާއަށް ވެސް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ފައިސާ ދައްކާ ފަރާތްތަކަށް ވަރަށް ހާއްސަ ޑިސްކައުންޓުތަކެއް އެބަހުއްޓެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 9402423 ނުވަތަ 7907074އަށް ގުޅައިލާށެވެ.
ޘާބިތު ހައްޖު އެންޑް އުމްރާ ގްރޫޕުން، ހުއްދަ ލިބިގެން، މި ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުއެވެ. އެކުންފުނިން މި އަހަރު ނިމުމުގެ ކުރިން ވެސް، އުމްރާގެ ދެ ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
