ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއުޒިކް މަނާ ކުރަން ޖެހޭ ކަމަށް ޝެއިހު ސައިދާން ވިދާޅުވެއްޖެއެވެ.
ޝެއިހު ސައުދާން މިހެން ވިދާޅުވެފައިވަނީ މިއުޒިކު ހަރާމް ކަމަށް ބުނާ މައްސަލައާ ގުޅިގެން ފަންސާސް ސުކޫލުގައި އެސެމްބްލީ ނުބޭއްވޭ ކަމަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓަރު ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވުމާ ގުޅިގެންނެވެ.
ޒަކަރިއްޔާއަށް ރައްދު ދެއްވައި ސައުދާން ވިދާޅުވެފައިވަނީ، ޒަކަރިއްޔާ ރުހުނަސް ނުރުހުނަސް، ހަރާން އެއްޗެއް ހަރާން ވާނެ ކަމަށެވެ.
”އެކަން ހުއްދަކަމަށްބުނެ، އެއީ ޚިލާފީ މައްސަލައެއްކަމަށްބުނެ، ތިބާ މީހުން ގާތު ފަތުވާ ތިދެއްވަނީ ކޮން ތާކުން އުނގެނިގެންހެއްޔެވެ؟“
ޒަކަރިއްޔާ އެވެ! ތިބާ ރުހުނަސް ނުރުހިނަސް ޙަރާމް އެއްޗެއް ޙަރާމް ވާނެއެވެ.
އެކަން ހުއްދަކަމަށްބުނެ، އެއީ ޚިލާފީ މައްސަލައެއްކަމަށްބުނެ، ތިބާ މީހުން ގާތު ފަތުވާ ތިދެއްވަނީ ކޮން ތާކުން އުނގެނިގެންހެއްޔެވެ؟
ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މިއުޒިކް މަނާ ކުރަންޖެހޭ! pic.twitter.com/uekxBcCEFG— Abdulla Saudhan 🇵🇸🇲🇻🤲 (@Saudhan) June 15, 2022
އެންސީޓީސީން ހިންގާ ހޭލުންތެރި ކުރުވުމުގެ ސެޝަނެއްގައި ޒަކަރިއްޔާ ވަނީ ރާއްޖޭގައި މަދުވެގެން 50 ސުކޫލުގައި މިހާރުވެސް ހެނދުނުގެ އެސެމްބްލީ ނުބޭއްވޭ ކަމަށާއި، އެ ސުކޫލުތަކުގައި ގައުމީ ސަލާމާއި ސުކޫލު ލަވަ ނުޖެހޭ ކަމަށެވެ. އެކަން އެހެން ވަނީ މިއުޒިކު ހަރާމް ކަމަށް ބަޔަކު ބުނާ މައްސަލާގައި ކަމަށް ވިދާޅުވިއެވެ.
ހަރާމް ވާނީ ހަރާމަށް ހަލާލެއް ނުވާނެ އޭގެ މަސްތުގަ ކިތަންމެ ގިނަބަޔަކު ޖެހުނަސް
މިޔުޒިކާ ނުލައި އެސެމްބުލީ ބާއްވަން ނޭނގޭ ޕުރިންސިޕަލުންނަކީ އުފެއްދުންތެރިކަމެއް ހޭލުންތެރިކަމެއް އަމިއްލަވަންތަކަމެއް ނެތް ބައެއް. އެހެން ބަޔަކު ކޮޕީކޮށްގެން ނޫނީ ކަމެއްކުރަން.ނޭނގޭ ބައެއް.
މިއުޒިކް ހަރާންކަމަށް ބުނަނީ އަޅެ ކޮންބަޔަކުތޯ؟ ﷲގެ ހަޒްރަތުގައި ގޯސްކަމެއްތޯ؟ މިސްކިތުގައި ގޯސްކަމެއްތޯ؟ ގެފުޅުކައިރީގައި ގޯސްކަމެއްތޯ؟ ސްކޫލުގައި ގޯސްކަމެއްތޯ؟ ބީޖޭޕީ އާ އެފަދަ ނޮން މުސްލިމުން ކައިރީގައި ގޯސްތޯ؟ އިބިލީސް ލޯބިކުރޭތޯ ޑެތް މިއުޒިކަށް. މިސްކިތްތަކުގައި ޑެތް މިއުޒިކްޖަހައި ނަށާ ބެރެކިދެއްކުން ގޯސްނޫންބާ!
ތިކަންވެއްޖެނަމަކިތައްމެހާވެސްރަނގަޅު
ޟމމިއުޒިކު ނުލާ ލަވަޖަހާބަލަ
މިއުޒިކަށް އޮންނަ ލޯތްބާއި ޤުރުއާނަށް އޮންނަ ލޯބި އެއްހިތެއްގައި ޖަމާ ނުވާނެއެވެ.