ފ.ދަރަނބޫދޫގެ މިސްކިތެއްގައި އިންޑިއާގެ 200އެއްހާ މަސައްކަތްތެރީން ނިންދަވާ މައްސަލައެއް ފެންމަތިވެއްޖެެއެވެ.

Ads by Asuru

ހުޅުމާލެ ކައުންސިލަރު އިބްރާހީމް ޝުޖާއު މިއަދު ޓްވިޓަރގައި ހިއްސާ ކުރެއްވި ވީޑިއޯއެއްގައި، މިސްކިތުގެ ތެރޭގައި ގިނަ ބަޔަކު ނިދާފައި ތިބި މަންޒަރު ފެނެއެވެ. އެ ވީޑިއޯ ނެގި މީހާ ބުނީ މިސްކިތުގައި ގާތްގަނޑަކަށް 200އެއްހާ މީހުން ތިބި ކަމަށެވެ.

https://twitter.com/IbrahimShujaau/status/1538090106766397442

އެއީ އެރަށުގައި ނަރުދަމާ އެޅުމުގެ މަޝްރޫއު ހިންގުމަށް އައި ބައެއް ކަމަށާއި، ރަށުގައި ގިނަ ހުސް ބިންތަކެއް ހުރިއިރު، އެމީހުން މިސްކިތުގައި ދިރިއުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމީހާ ބުނެއެވެ.

އަހަރެންނަށް މިކަން މި އިނގުނީ، އަހަރެން މިތަނަށް ވުޟޫކޮށްލަން ވެގެން މިވަނީ. ވަދެފަ ނަމާދަށް ހަށަން ބަނދެލަން އުޅެނިކޮށް، މީހުންތައް އައިސް އޮށޯންނަން ފަށައިފި މެންދުރު ގަޑީގަ.

އޭނާ ވަނީ އެމީހުން އެތަނުން ނެރުމަށާއި، މިކަމާ ދެކޮޅަށް ރާއްޖޭގެ އިލްމުވެރިން ބަސް ވިދާޅުވުމަށްވެސް އެދިފައެވެ.