ބިދޭސީންތަކެއް މިސްކިތެއްގައި ދިރިއުޅެން ބައިތިއްބާފައި ވީޑިއޯއާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ އިސްތިއުފާ ދެއްވުމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.
ފ.ދަރަނބޫދޫ މިސްކިތެއްގައި ބީދޭސީންތަކެއް ދިރިއުޅޭ މައްސަލަ ފެންމަތިވެފައިވާއިރު، މިކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ މިހާ ހިސާބަށް ރާއްޖޭގައި މާތް ރަސްކަލާނގެ ގެކޮޅުގެ ޙުރުމަތް ކަނޑާލުމަށް ހިންގުނު އެންމެ ފާޅުކަންބޮޑު ވިޔާނުދާ އަމަލު ކަމަށެވެ. އަދި މިކަން ހުއްޓުވަން ފުލުހުން ނުުކުޅުދޭނަމަ މުޅި ރާއްޖޭގެ ރައްޔިތުން ތެދުވަންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އެއްވެސް ބަހަނާއެއް ދެއްކެވުމެއް ނެތި އިސްލާމިކް މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފައެވެ.
މީސްމީޑިއާގައި ވީޑިއޯއާ އާންމުވުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ދަރަނބޫދޫގައި އަލަށް އިމާރާތް ކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުންކުރަން ފެށުމާއެކު، ކުރިން އެ ރަށުގައި ބޭނުންކުރި މިސްކިތް ބަންދުކުރެވިފައިވާ ކަމަށެވެ.
