ކޮވިޑް-19 ބަލި ޖެހިގެން ދިވެހިރާއްޖެއިން އިތުރު މީހަކު ނިޔާ ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރާ ގޮތުގައި، މިބަލީގައި ނިޔާވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާއަށް ފަރުވާދެމުން ގޮސްފައިވަނީ ހުޅުމާލެ ފެސިލިޓީގައެވެ. މިއާއެކު ބަލީގައި ނިޔާވި މީހުންގެ ޖުމުލަ އަދަދު ވަނީ 300 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް އިތުރުވާން ފަށާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
