އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ނިންމަވައިފިއެވެ.

Ads by Asuru

އެމްޑީއޭގެ އިސްފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމްޑީއޭއިން އަންނަނީ 10،000 މެމްބަރުން ހަމަކޮށް ބޮޑު ޖަލްސާއެއްގައި ކެންޑިޑެސީ އިއުލާންކުރުމަށް މަސައްކަތް ކުރަމުންނެވެ.

ސިޔާމް ނިސްބަތްވާ އެމްޑީއޭއިން އަންނަނީ އެޕާޓީގެ މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 10،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް އެޕާޓީން ކުރަމުން އަންނަކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ސިޔާމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ދެވަަނަ ދައުރަކަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.