ގައުމުގެ ހާލަތު ބޮއްސުންލާފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ފަރެެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by Asuru

މިމަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައިި ކުރިއަށް ގެންދިޔަ ޔޯގާ ޑޭގެ ހަރަކާތަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަދަދު 19އަށް އަރާފައިވާއިރު، ހައްޔަރު ކުރި މީހުންގެ ތެރޭގައި ދެ ދީނީ އިލްމުވެރިންނާއި، ޕީޕީއެމްގެ ދެ ކައުންސިލް މެމްބަރުންވެސް ހިިމެނެއެވެ.

ޔޯގާ ހުއްޓުވި މީހުންނަށް އަދަބު ދިންއިރު، ދީނަށް ފުރައްސާރަކޮށް، ލިވާތު ކުރުމުގެ ކުށަށް އަރައިގަންނަމުންދާ މީހުންގެ މައްސަލަތައް ފުލުހުން ނުބަލާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ސެމްބެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު ބޮއްސުން ލާފައިވާއިރު، ރައްޔިތުން އިންސާފު ހޯދަން ދާނެ ތަނެއް ނެތް ކަަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ މުއައްސަސާތަކުގެ ވެރިންނާއި، ދެން ތިބި ބަޔަކު ވަނީ ވާނެ އެއްޗެއްވެ، ތަޣައްޔަރު ވެފައި ކަަމަށެވެ.

އަދި ގޮތް ނިންމުުމުގެ ބާރު އޮތީ ދިވެހީންނަށް ކަަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ އެކި ފަރާތްތަކުގެ ބަދުއަހްލާގީ އަމަލު ހިންގާ ވީޑިއޯތައް މިދުވަސްވަރު ދަނީ އާންމުވަމުންނެވެ.