އުރީދޫގެ މުވައްޒަފުންނަށް އުނގެނުމަށް ފުރުސަތުތައް ފަހިކޮށް އެ ކުންފުނިން ލާނިން އެކެޑަމީއެއް މިއަދު ހުޅުވައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެ ކުންފުނިން ބުނީ، އުރީދޫ ލާނިން އެކެޑަމީ (އޯލާ) ހުޅުވުމުގެ ބޭނުމަކީ ކުރިއަރަމުން އަންނަ ހުނަރުވެރިންނަށް ފުރުޞަތުތައް ފަހިކޮށް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ކުންފުނި ކުރިއެރުވުން ކަމަށެވެ.

މި އެކެޑަމީގެ ދަށުން އުނގަންނައިދިނުން ކުރިއަށްގެންދާނީ މިހާރު ވެސް ގެންގުޅޭ އުނގެނުމުގެ އުކުޅުތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި، ވަޒީފާގައި މަސައްކަތް ކުރަމުން ދަސްކުރުމާއި މެންޓަރިން އާއި ކޯޗިން ފަދަ ގޮތްތައް ބޭނުން ކުރާނެ ކަމަށް އުރީދޫން މަޢުލޫމާތުދެއެވެ.

މީހުން ބިނާ ކުރުމަށް ގެންގުޅޭ އުސޫލާ އެއްގޮތަށް، އޯލާ އަކީ އުރީދޫގައި ހުނަރުވެރިން އުފެއްދުމަށް ފަރުމާކުރެވުނު އެކެޑަމީއެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އުރީދޫގެ ޗީފް ހިއުމަން ރިސޯސަސް އޮފިސަރު ފާތިމަތު ސުލްތާން އަލް ކުވާރީ ވިދާޅުވީ، ޓެކްނޮލޮޖީ ވަރަށް ބާރު ދުވެލީގައި ކުރިއަރަމުން އަންނަ ޒަމާނެއްގައި އުނގެނުމާއި ތަރައްޤީ އަކީ ކުރިއެރުމާއި އީޖާދީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ ކަންތައްތައް ކަމަށެވެ.

އަދި ބަދަލުވަމުން އަންނަ ދުނިޔޭގައި ކުރިއަރަން ބޭނުންވާ ހުނަރާއި ޢިލްމު މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް އޯލާއިން އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޯލާގެ މައިގަނޑު އަމާޒަކީ އުރީދޫ ގުރޫޕަށް ފަސޭހައިން ކިޔެވޭ ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫއިން ބުނީ ހުރިހާ ވަގުތެއްގައި މުވައްޒަފުންނަށް ފަސޭހައިން އޯލާއަށް ވަދެވޭނެ ކަމަށެވެ.

މިހާރު އޯލާއިން ހިންގާ ކޯސްތަކުގެ ތެރޭގައި ޑިޖިޓަލް ކޯސްތަކާއި، ޓެކްނޮލޮޖީ ކޯސްތަކާއި، ބިޒްނަސް ކޯސްތަކާއި، ޕްރޮސިކިއުޓް މަންޓް ކޯސްތަކާއި، ފައިނޭސް ކޯސްތަކާއި، ހިއުމަން ރިސޯސް ކޯސްތަކުގެ އިތުރުން އެހެނިހެން ގިނަ ދާއިރާތަކުގެ ކޯސްތައް އޯލާއިން ހެދެން ހުންނާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ލާނިން އެކެޑަމީއަކީ އެ ކުންފުނީގެ ހުރިހައި އިސް ލެވެލްތަކެއްގައި ސަތޭކައަށް ވުރެ ސްޓޭކްހޯލްޑަރުންގެ ހިއްސާއާއެކު ތައްޔާރުކުރި އެކެޑަމީއެކެވެ.