މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް އެއް އަހަރު ފުރުނީ މިއަހަރުގެ މެއިމަހުގެ 17 ވަނަ ދުވަހުއެވެ.

Ads by Asuru

އިދިކޮޅު މައި ޕާޓީ، ޕީޕިއެމްގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުގެ އެއް އަހަރުގެ މަސައްކަތަށް ބަލާއިރު، މީގެ ކުރީގެ ދައުރުތަކުގައި ނުކުރެވި ހުރި އެތައް މަސައްކަތެއް ކުރަން ފަށައި، ކައުންސިލްގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރަމުންދާކަމުގެ ފުރިހަމަ ނަމޫނާ ވަނީ ދައްކާފައެވެ.

އެގޮތުން ސިޓީ ކައުންސިލުން މާލޭގެ މިސްކިތްތަކަށް ހާއްސަ ސަމާލުކަމެއްދީފައިވެެއެވެ. ސިޓީ ކައުންސިލުގެ އެއް އަހަރުގެ މަސައްކަތްތަކާ ގުޅޭގޮތުން ނެރުނު ”އަތަމަނަ“ގެ ހާއްސަ އަދަދުގައި ވަނީ މިސްކިތްތަކަށް ހާއްސަ ސަމާލުކަމެއްދީގެން، ކޮންމެ ދުވަހަކުވެސް އެކައުންސިލުން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާ ކޮށްފައެވެ.

އެގޮތުން ކޮންމެ ދުވަހަކުވެސް،  އެކައުންސިލުގެ މުވައްޒަފުން ވަނީ ކޮންމެ ދުވަހަކުވެސް މިސްކިތްތަކުގެ އެތެރެއާ ބޭރު ފޮޅާ ސާފުކޮށް، މަރާމާތެއް ކުރަން ހުރިތޯ ބަލާފައެވެ. އަދި މިސްކިތްތައް މަރާމާތު ކުރުމަށް ސިޓީ ކައުންސިލަށް ލިބޭ އާމްދަނީން އެއް މިލިއަން ރުފިޔާ ހޭދަ ކުރަމުން އަންނައިރު، މި މަޝްރޫއުއަށް 13 މިލިއަން ރުފިޔާ ބޭނުންވާކަން ވަނީ ފާހަގަކޮށްފައެވެ.

މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ސިޓީ ކައުންސިލުގެ އަމާޒަކީ، މިސްކިތްތަކަކީ އެންމެ ޒީނަތްތެރި ބިނާތަކަށް ހެދުން ކަމަށެވެ.

އިސްލާމީ ތައުލީމާ ތަރުބިއްޔަތުގެ މަރުކަޒުތަކަށް މިސްކިތްތައްވުން. ސީސީޓީވީގެ ނިޒާމުން ހުރިހާ މިސްކިތެއް ގުޅުވާލާ ނިމުނީމާ، 24 ގަޑިއިރު މިސްކިތްތަކުގެ އެތެރެއާ ބޭރު މޮނިޓަރ ކުރަމުން ގެންދާނަން. މިސްކިތްތަކުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭނަން.

ސިޓީ ކައުންސިލުން ބުނީ، މާލެ ސަރަހައްދުގެ މިސްކިތެއްގައި ހައްލު ކުރަން ޖެހޭ ކަމެއް ހުރިނަމަ، އެކަމަކަށް އެކައުންސިލުން ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ.