އަންނަ އަހަރުގެ ޙައްޖުވެރީންގެ އިސް ޝެއިޚަކަށް އާދަމް ޝަމީމް

މިނިސްޓަރު މިކަން ހާމަކުރައްވައިފައި ވަނީ، ފޭސްބުކް އަދި އެކްްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ ޙައްޖަށް މީހުން ގެންދާ އަގު ކުޑަ ކުރުމުގެ މަސައްކަތްކުރަމުންނެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ މި ދައުރުގެ ތެރޭގައި ޖުމްލަ 1،000 ފަޤީރުން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ގެންދިއުމަށް ނިންމަވައިފައިވެއެވެ.

ދައުލަތުގެ ޚަރަދުގައި ޙައްޖަށް ގެންދާނެ ފަޤީރުން ކަނޑައަޅާނީ  ފަޤީރުންނާއި މިސްކީނުންގެ ދަފުތަރަށް ރިޢާޔަތްކޮށެވެ.