ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ޖަލްސާއެއް މާދަމާ އޮންނާނެ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްގައި 20:15 ގައި ކަމަށް އެ ކޯލިޝަނުން މަޢުލޫމާތު ދެއެވެ.

މިޖަލްސާގައި ބައިވެރިވުމަށް، އެ ކޯލިޝަންގެ މެންބަރުންނާއި ތާއީދު ކުރާ އެންމެހައި ފަރާތްތަކަށް އެ ކޯލިޝަނުން ދައުވަތު އަރުވައެވެ.

 

މިއީ ރައީސް ޑރ.މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން އެ ކޯލިޝަނުން އިންތިޒާމްކުރާ މިފަދަ ފުރަތަމަ ޖަލްސާއެވެ.