ވިލިމާލޭގައި ޒަމާނީ ފެންވަރަށް، 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ހޮސްޕިޓަލު އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
ހެލްތު މިނިސްޓަރު ޑރ.ޚަލީލު ވިދާޅުވީ ވިލިމާލެގައި 100 އެނދުގެ ހޮސްޕިޓަލް ތަރައްޤީ ކުރެވިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ހުރިހައޮ ޚިދުމަތްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ލިބިގެންދާނެ ހޮސްޕިޓަލެއްގެ ގޮތުގައި ކަމަށެވެ.
މި ހޮސްޕިޓަލުގެ މަސައްކަތް ނިމި، ތިން އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެ ކަމަށާއި، އެއީ ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން، އެ ތަނުން މުހިންމު ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ. އެ ޤައުމުގެ ވަފުދެއް އިއްޔެ ހުޅުމާލެ ހޮސްޕިޓަލު ބަލައިލައިފައިވެސް ވެއެވެ.
