ނައިބު ރައީސް ޙުސައިން މުހައްމަދު ލަޠީފު މޮންޓަނޭގްރޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ހުސައިން މޮންޓަނޭގްރޯއަށް ވަޑައިގެންނެވީ އެ ޤަ ޑަންލޮވް-ގްރަޑްގައި ބޭއްވި މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ބައިވެރިވެވަޑައިގަތުމަށެވެ.
ކޮންގްރެސްގައި ބައިވެރިވެވަޑައިގެން ނައިބު ރައީސް ވާހަކަފުޅުދައްކެވީ، ޑެޕިއުޓީ ޕްރައިމް މިނިސްޓަ ފޯ ސެކިއުރިޓީ، އިންޓާނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި މޮންޓަނޭގްރޯގެ ރައީސް އެލެކްސާ ބެޗިޗްގެ ދައުވަތަކަށެވެ.
މި ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ޤައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި ހުރިހައި އެންމެންވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫޙަށް ތަބާވުމަށް އެދިވަޑައިގެންފައެވެ.
ދިވެހިރާއްޖެއާއި މޮންޓަނޭގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ ނޮވެމްބަރު 24، 2009 ގައެވެ.
