ހުކުރު ދުވަހު، ދެ ވަގުތެއްގައި، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސެޓެލްކޯ އިން ބުނެފިއެވެ.

Ads by Asuru

ސްޓެލްކޯގެ މީސްމީޑިއާ އެކައުންޓުތަކުގައި ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް މާދަމާ ކުރާނެއެވެ.

އެހެންވެ، ހެނދުނު 6:00 އިން 6:30އަށް، އަދި ހަވީރު 4:30 އިން 5:00އަށް މާފަންނާއި، މައްޗަންގޮޅީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އެ ކުންފުނިން ބުނީ، ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދިވަޑައިގަންނަވާ ކަމުގައެވެ.