ނާޗަރަންގީ ޝޯ ބާއްވައި، އުފާ ފާޅު ކުރުމަކީ ވަރަށް ދެރަ އަދި ލަދުވެތި ކަމެއް ކަމަށް ސަލަފު ޖަމުއިއްޔާގެ މެމްބަރު ޢަލީ ރަމީޒު ބުނެފިއެވެ.
އައު އަހަރު ފާހަގަކުރުމަށް މިއުޒިކް ޝޯއެއް ބާއްވަން ރާވައިފައިވާތީ، އެކަމަށް ފާޑުކިޔައި ޢަލީ ބުނީ، ފަލަސްޠީނުގައި ކޮންމެ ދުވަހަކު މުސްލިމު އެތައް ބަޔަކު ޤަތުލު ކުރެވެމުންދާ މި ހިތާމަވެރި ވަގުތުގައި އައު އަހަރު ފާހަގަ ކުރުމުގެ ނަމުގައި، މިއުޒިކާއި ނާޗަރަންގީ ޝޯ ބާއްވައި، އުފާ ފާޅު ކުރުމަކީ ވަރަށް ދެރަ އަދި ލަދުވެތި ކަމެއް ކަމަށެވެ.
”އެކަން ހުއްޓައިލުމަށް އަޅުގަނޑު ގޮވާލަން.“ ޢަލީގެ ޕޯސްޓުގައިވެއެވެ.
އައު އަހަރު ފާހަގަކުރަން މިއުޒިކް ޝޯ ބާއްވައި ހަވާ އަރުވަން ނިންމިކަން ޔޫތު މިނިސްޓްރީން އިއުލާންކޮށްފައި ވަނީ އިއްޔެއެވެ.
އެކަމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އަދި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އުމަރު ނަސީރު ވެސް ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުން ހާލުގައި ތިއްބައި ރާއްޖޭގައި ހަވާ އެރުވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ކަމަށެވެ.

ބޭކާރު ޚަރަދު ކުރާސަރުކާރެއް
ޢިވެންޓް ތަކަށޭ ކިޔާފަ މިލިއަނުން މުންދު ކުނއފުންޏަކަށް ފައިސާދޭންވެގެން ކުރާޚަރަދު
ރައްޔިތުންނަށް ބަލައިނުގަނެވޭނެ ތިކަންތައް