ދަރީންނަށް ނަން ކިޔާއިރު، ކިޔައިލަން ފަސޭހަ، ރީތި ނަމެއް ކިޔުމުގެ އިތުރުން، ރަނގަޅު މާނައެއް އެކުލެވޭ ނަމެއް ކިޔުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

Ads by Asuru

ކުއްޖާގެ ނަމުގެ މާނައާއި ކުއްޖާއާއި ގުޅުން އޮންނާނެ ކަމަށް ވެސް އަންގަވައިފައިވާއިރު، ރީތި އަދި ރަނގަޅު މާނައެއް ހިމެނޭ ނަންތައް ކިޔުމަކީ މުހިންމު ކަމެކެވެ. ތިރީގައި މި ހިމަނައިލަނީ އަންހެން ކުއްޖަކަށް ކިޔަން ރީތި ވެދާނެ ބައެއް ނަންތަކެވެ. މިއީ މާލެ ސިޓީ ކައުންސިލުގެ ވެބްސައިޓުގައިވާ ނަން ލިސްޓުން ނަގައިފައިވާ ބައެއް ނަންތަކެކެވެ.

  1. ޙޫރު- ދޮން، ރީތި އަންހެނުންތަކެއް
  2. ޙަޔާ- ދިރިހުރުން
  3. ނުސައިބާ- ނަސަބު ރަނގަޅު
  4. ނޫރީން- އަލިކަން/ތާޒާކަން
  5. ރިޝްނީ- ފުޅިބައްތީގެ އަލި
  6. ބަލްޤީސް- ސުލައިމާނުގެފާނުގެ ޒަމާނުގައި އުޅުއްވި ރާނީ
  7. ކިޝަތު- ލެވެންޑާ މަލަށް ކިޔާ ނަމެއް
  8. ކައިނާ- ދުނިޔޭގައި ލެއްވި އެއްޗެއް
  9. ކިޔާސާ- ވިސްނުންތޫނު، އޯގާތެރި، ތަރައްޤީ
  10. ޢަޔާނާ- ޚަބަރަކައިގެން އަންނަ މީހާ
  11. ޢާލިޔާ- މަތިވެރިކަން
  12. އީވީ- ދިރިއުޅުން
  13. މިޔާ- ފެން، ލޯބިވާ
  14. މީލިޔާ- ސުވަރުގޭގައިވާ މަލެއްގެ ނަން
  15. ދުޢާ- ދެންނެވުން، ދުޢާ ކުރުން

ކުޑަ ދަރިފުޅަށް ނަން ދިނުމަށް ސުންނަތުން ވާރިދުވެފައިވާ ދުވަސްތައް:

  1. އުފަންވާ ދުވަހު ނަން ދިނުން
  2. ހަތްވަނަ ދުވަހު ނަން ދިނުން (އެންމެ ރަނގަޅު ދުވަސް ކަމަށް އިލްމުވެރިން ވިދާޅުވާ)

މާނަ ގޯސް އަދި ކާފަރުންނަށް ކިޔައި އުޅޭ ނަންތައް ދިނުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ދީނީ ލިޔުންތަކުގައިވެއެވެ.

ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކާފަރުންނަށް ކިޔައިއުޅޭ ޒާތު ނަންތަކާއި، މާނަ ގޯސް ނަންތައްވަނީ ފެތުރި ޢާންމު ވެފައެވެ.