ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުވެސް އިޤްތިޞާދީގޮތުން، ރާއްޖެއިން ތާރީޚީ، ބޮޑު ކުރިއެރުންތަކެއް ހޯދާނެކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ މާތް ރަސްކަލާނގެ ތަނަވަސް ވާގިފުޅާއިއެކު ރައީސް ޑރ.މުޢިއްޒުގެ ފުރަތަމަ އަހަރުވެސް ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި އިޤްތިޞާދީ ތަފާތު ފެނިގެންދާނެ އަހަރަކަށް ކަމަށެވެ.
ސަޢީދު ވިދާޅުވީ ރައީސް މުޢިއްޒުގެ ފުރަތަމަ އަހަރުވެސް ވެގެންދާނީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖެ މުޅިން އައު ޚަރުފަތަކަށް ދިއުމަށް ސިނާއީ ބިންގާ އެޅި ނަތީޖާ ފެންނާނެ އަހަރަކަށް ކަމަށެވެ.
ސަޢީދު ކުރެއްވި ޕޯސްޓުގައި ހަފްތާ 14 ވެސް ތަފާތު ކަމަށާއި، މީގެ ކުރީގެ އެއް އަހަރާއި ނުބައްދަލުކަން ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ އިޤްތިޞާދީ އެކި ދާއިރާތަކުން ރާއްޖެއަށް ކުރިއެރުންތައް ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ.
