މާލެ އަތޮޅުން ފެށިގެން ވ. އަތޮޅަށް ނެރެފައި އޮތް ޔެލޯ އެލާޓް އޮރެންޖް އެލާޓަކަށް ބަދަލު ކޮށްފިއެވެ.

މެޓް އޮފީހުން ބުނީ، ދެ ގަޑިއަރަށް އޮރެންޖް އެލާޓް ނެރެފައި ވަނީ، މާލެ އަތޮޅާއި އަރިއަތޮޅަށެވެ. މިއަދު 15:15 އިން 17:15އަށް އޮންރެޖް އެލާޓް ނެރެފައި ވަނީ ބޯކޮށްވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީއެވެ.

މިއަދު ހެނދުނު 8 އިން މެންދުރުފަހު ދޭއް ޖެހުމާއި ހަމައަށް މާލެއަށް 69.6 މިލިލީޓަރުގެ ވާރޭ ވެހުނުކަމަށް ރެކޯޑު ކުރެވިފައިވެއެޓެ.

އަދި ހުޅުލެއަށް 95.5 މިލި ލީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މެޓް އޮފީހުން ބުނީ، މިހާރު ކުރަމުން އަންނަ ވިއްސާރަ މާދަމާއި ހަަމައަށް ދެމިގެންދާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.