ދިޔަވަމުންދިޔަ ލޯންޗަކަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އެ ލޯންޗަކީ މާލެއިން ފުރައިގެން ތ. އަތޮޅަށް ދަތުރުކުރި “އެމްއާރުސްޕީޑް“ ނަމަކަށް ކިޔާ ލޯންޗެކެވެ.

ތ. އަތޮޅު ބުރުނީގެ 4 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދަނިކޮށް ”ދިޔަވެ އަޑިއަށްދާކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ އިއްޔެ ހަވީރުއެވެ.

ހާދިސާގެ ރިޕޯޓު ލިބުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ހާބަރ ކްރާފްޓުން ދ. ކުޑަހުވަދޫ އިން އެސަރަހައްދަށް ދަތުރުކޮށް ޕަންޕް ޖައްސައިގެން ދިޔަގަނޑު ކޮންޓްރޯލްކޮށް ރައްކާތެރިކަމާއެކު ތ. ބުރުންޏަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން ލޯންޗުގައި ތިބި 16 މީހުން ބުރުންޏަށް ގެންގޮސްދީފައިވަނީ ބުރުނި ހިޔަލަ ލޯންޗުން ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް ވެސް މަޢުލޫމާތު ދީފައިވެއެވެ.