މާލޭގެ ފެންހިންދާ ނިޒާމު ފެއިލްވެފައިވާ ކަމަށާއި، މާލެއަށް ކުޅިތަކާއި ވެވުތައަ އަނބުރާ ގެންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީީސް ނަޝީދު މިހެން ވިދާޅުވީ، މި ފަހުން ވެހުނު ވާރޭގައި ވެރިރަށް މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވުމާއި ގުޅިގެންނެވެ.
ނަޝީދު އިނގެރޭސި ބަހުން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މާލޭގެ ފެން ހިންދާ ނިޒާމު ފެއިލް ވެފައިވާ ކަމަށާއި، އެ ނިޒާމު ކުރިއަށް އޮތްތަނުގައި ވެސް ފެއިލްވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މާލޭގައި ފެންބޮޑުވަނީ މިހާރު ހުރި ކޮންކްރީޓް ފެންހިންދާ ނިޒާމު ފެއިލްވެފައިވާތީއެވެ.
މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ޙައްލު ކުރަން ގުދުރަތީ ކަންކަން ހިމެނޭހެން އައު ޑިޒައިންތަކުގެ ފެންހިންދާ ނިޒާމު ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން، ކުޅިތަކާއި ވެވުތައް މާލެއަށް ގެނައުމަކީ ކުރެވިދާނެ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކަލެއައްކޮންކަމެއް މިރާއްޖެއަކު ދެންކުރެވޭނެކަމެއް