ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ނިންމައިފިއެވެ.

Ads by Asuru

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް ދަފްތަރެއް އެކުލަވާލުމަށް ނިންމައި އެމަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މަސްވެރިކަމާއި ޓެކްސީ ކުރުން ފަދަ ކަންކަމަކީ އެ މަސައްކަތް ކުރައްވާ ބޭފުޅުން ދާއިމީ ގޮތެއްގައި ކު މަސައްކަތް ކުރައްވާ ބައެއް ކަމަށާއި އެހެންނަމަވެސް ރަސްމީ ގޮތެއްގައި ކުރެވޭ މަސައްކަތެއްގެ ސިފަ އެކަންކަމަށް ނުލިބިއޮތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ފަރާތްތަކަށް ވަރަށް މުހިންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ކަންކަން ނުފުދި ދާކަމަށް ނާޒިމް ވިދާޅުވިއެވެ.

ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލުމުން އެފަރާތްތަކަކީ ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހެދިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ތަފްސީލީ ކަރުދާހެއް ކެބިނެޓަށް ހުށަހަޅައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.