އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އަށް ނިސްބަތްވާ ހިސާން ވަނީ ތުޅާދޫ ދާއިރާ ތަމްސީލު ކުރައްވަން ދާއިރާގެ ރައްޔިތުން އޭނާ އަށް ފުރުޞަތު ދެއްވީތީ ޝުކުރު އަދާކުރައްވައިފައެވެ.
އަދި އޭނާގެ މަސައްކަތުގެ އެހީތެރިވެދެއްވި އާއިލާ އާއި، ޓީމް މެންބަރުންނާއި އެންމެހައި ބޭފުޅުންނަށް އިހްލާސްތެރި ޝުކުރެއް އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ގެ ރައީސްގެ މަޤާމުގައި ހުންނެވި ހިސާން ވިދާޅުވީ އިންތިޚާބުގައި ވާދަނުކުރެއްވި ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީއާ އެކީ ސިޔާސީ މަސައްކަތްތަކުގައި އުޅުއްވާނެ ކަމަށެވެ.
