މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯއަކަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ އެޑިޔުކޭޝަން ފެޝިލިޓީގެ ކުރީގެ ޑީން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ފިޒާނާ ރަޝީދު ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ފިޒާނާ އެ މަޤާމަށް ހަމަޖެއްސުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، އޭނާއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން މުވައްޒަފުންނާއެކު ބޭއްވި އެ ބައްދަލުވުމުގައި މުވައްޒަފުންގެ މަޝްވަރާވެސް މިނިސްޓަރު މާރިޔާ ހޯއްދަވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ފިޒާނާ ވަނީ މީގެ ކުރިން އެމްކިޔުއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ވެސް ފުރުއްވައިފައެވެ.

އެމްކިޔުއޭގެ ސީއީއޯގެ މަޤާމަށް ފިޒާނާ އައްޔަނު ކުރެއްވުމުގެ ކުރިން އެ މަޤާމު ފުރުއްވީ ޑރ. ޢަބްދުލްހަންނާނެވެ.