ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޢަލީ ނިޔާޒު ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރެންދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީއަށް ކުރެންދޫ ދާއިރާގެ ގޮނޑި ހޯދުމަށްޓަކައި މިފަހަރު އެ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

Ads by Asuru

ވޭތުވެދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހާއި މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރެންދޫ ދާއިރާގެ ރައްޔިތުން އަގުލަބިއްޔަތު ދިނީ އެމްޑީޕީ ކެންޑިޑޭޓަށް ކަމަށްވެސް އޭނާ ދާޅުވިއެވެ.

އަދި ވިދާޅުވީ 20 ވަނަ މަޖިލީހަށް ވެސް އެ ދާއިރާއިން ހޮވާނީ އެމްޑީޕީ ކެންޑިޑޭޓެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރުގެ ގޮތުގައި މިހާރު ހުންނެވި އަބްދުލްޣަނީ ޢަބްދުލް ޙަކީމް، އެމްޑީޕީ މެންބަރެއްގެ ގޮތުގައި މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި ނަމަވެސް، އެ ޕާޓީ ދޫކުރައްވައި، މިހާރު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.