20 ވަނަ ރައްޔިތުންގެ މަޖިލިހަށް ވާދަ ނުކުރައްވާނެކަމަށް ލ. ގަމު ދާއިރާގެ މިހާރުގެ އެމްޑީޕީގެ މެމްބަރު، މުޙައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
ވިސާމް މިކަން ހާމަ ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވިސާމް ވިދާޅުވެފައިވަނީ މެމްބަރު ކަމުގައި ހުންނަވައިގެން އޭނާ ތަމްސީލު ކުރައްވާ ދާއިރާއަށް ޚިދުމަތް ކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި ދާއިރާގެ ރައްޔިތުންނާ ގާތުން ރަށްތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށް އުންމީދުކުރަން. އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ މިހާރުގެ ގިނަ މަޖިލިސް މެމްބަރުންގެ އިތުރުން އެހެން ބައެއް ޕާޓީތަކުގެ މެމްބަރުންވެސް ގެންދަވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން ހާމަ ކުރައްވަމުންނެވެ.

އެމްޕީ މުހައްމަދު ވިސާމް ގެ ތިޔަނިންމެވި ނިންމުމަށް އަޚުތިރާމުކުރަން އަދި ދާއިރާގެ ކަންކަމުގައި ކުރެއްވި އިޚުލާސްތެރި މަސައްކަތްތަށް ސުކުރުވެރިކަމާއެކު ބަލައިގަންނަން ސުކުރިއްޔާ އެމްޕީ މުހައްމަދު ވިސާމް