ރާއްޖެއާ ކައިރި ހިސާބެއްގައި އޮންނަ ކާލްސްބާގް ރިޖަށް ބިންހެލުމެއް އަތުވެއްޖެއެވެ.
އެއީ ރާއްޖޭގެ ދެކުނުން އޮންނަ އައްޑޫ ސިޓީއާ 894 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.
ރާއްޖެ ގަޑިން ހަވީރު 4:46ގައި އެތަނަށް ބިންހެލުން އައިސްފައިވަނީ 5.6 މެގްނިޓިއުޑް ބާރުމިނުގައި ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ އެ ބިންހެލުމުގެ ނުރައްކަލެއް ރާއްޖެއަށް ކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހުވެސް އެތަނަށް ބިންހެލުމެއް އައިސްފައިވެއެވެ.
5.5 މެގްނިޓިއުޑް ބާރުމިނުގައި އައި އެ ބިންހެލުމުގެ އަސަރުވެސް ރާއްޖެއަށް ކޮށްފައެއް ނުވެއެވެ.
