އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީ ބެހޭ މިނިސްޓްރީގެ ކޯލު ސެންޓަރަށް ގުޅޭނެ އައު ނަންބަރެއް ތަޢާރަފު ކޮށްފިއެވެ.
މިއީ އެ މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާކޮށް ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ތަޢާރަފު ކުރި ކޯލު ސެންޓަރެކެވެ.
މިއަދުން ފެށިގެން، ޖެންޑަރ މިނިސްޓްރީގެ ކޯލް ސެންޓަރަށް ގުޅޭނެ ނަންބަރެއް ތަޢާރަފު ކޮށްފައިވާއިރު، އެ ނަމްބަރަކީ 1433އެވެ.
އަދި މިއީ އެ އިދާރާގެ ޚިދުމަތްތަކަށް އެދި ގުޅުއްވާ ފަރާތްތަކަށް ފަސޭހަކަމާއި އަވަސްކަމާއި އެކު ޚިދުމަތް ދިނުމަށް ޤާއިމުކުރި ނަމްބަރެކެވެ.
މިއީ ޖެންޑަރ މިނިސްޓްރީގެ ކޯލް ސެންޓަރުގެ އިދާރާ އިން މިހާރުވެސް ބޭނުން ކުރަމުންގެންދާ އިޖުތިމާޢީ ޚިދުމަތްތަކާއި ގުޅޭ ހެލްޕްލައިން 1414 އަދި ކުޑަކުދިންނަށް ޚާއްޞަ ކޮށްފައިވާ ހެލްޕްލައިން 1412ގެ އިތުރުން ތަޢާރަފުކުރެވުނު މުޅިން އައު ނަންބަރެކެވެ.
”1421 އަދި 1412 އަކީ 24 ގަޑި އިރު ގުޅޭ ހެލްޕްލައިން ތަކަށް ވީނަމަވެސް 1433 ނަންބަރަކީ ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި ގުޅޭނެ ނަންބަރެކެވެ.“ އެ މިނިސްޓްރީ އިން ވިދާޅުވިއެވެ.
އެގޮތުން 1433 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 01:30 އަށް ގުޅޭނެ ކަމަށާއި ކޯލު ނުނެގި ދާ ހާލަތްތަކުގައި ކޯލުގެ މަޢުލޫމާތު ވަކި ސިސްޓަމެއްގައި ރައްކާކުރެވި ތަރުތީބުން، އެފަދަ ކޯލުތަކަށް ކޯލު ސެންޓަރުން ޖަވާބުދާރީވަމުން ގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
