ޖަމާޢަތުގައި ފަތިސް ނަމާދު ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވައިލައްވައިފިއެވެ.
ރައީސް މުޢިއްޒު އަކީ ވަރަށް ހީވާގި ވެރިއެކެވެ. އެމަނިކުފާނު ދާދި ފަހުން ވިދާޅުވީ، އެމަނިކުފާނުގެ ޓީމަކީ ހީވާގި ކަމާއިއެކު، ގާތްގަނޑަކަށް ދުވާލާއި ރޭގަނޑުގެ 24 ގަޑިއިރުގައިވެސް ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ޓީމެއް ކަމަށެވެ.
Ma sha Allah, Miadhu Fathis Namad ah fahu Raees @MMuizzu, Ameenee maguge masakaiy kuriahdha goiy ballavalavvany. #DhiveheengeRaajje #MuizzuDhuveli pic.twitter.com/KIvmaTQg4f
— Afu Hamid (@AfooMV) January 7, 2024
އަމީނީ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސް ބައްލަވައިލެއްވިއިރު، އެ މަގުގެ ފަހު ދެ ސެގްމެންޓުގައި ތާރު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އެ މަސައްކަތް ފަށާފައިވަނިކޮށް، ހުއްޓުނީ، މޫސުން ގޯސްވެ، ފެންބޮޑުވެފައި ވަނިކޮށެވެ.
އާރްޑީސީން ބުނީ، މޫސުން ތަންދޭނަމަ، މިއަދު މެންދުރާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭކަމަށެވެ.
އަދި މަގުމަތީގައި ކުރަހަންޖެހޭ ނިޝާންތައް ކުރަހައި، މި ހަފްތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފްތާގެ ކުރީކޮޅު، އަމީނީމަގު އާއްމުންނަށް ހުޅުވަލާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ކުރީ ސަރުކާރުގައި އާރްޑީސީއާ ޙަވާލުކޮށްގެން، އަމީނީ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަން މަސައްކަތް ކުރިއިރު، އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު ވެސް އެ މަޝްރޫޢު ނިމިފައެއް ނުވެއެވެ.
