އެއްވެސް ސަބަބަކާއި ހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ނުފެންނަ ކަމަށް ކުރީގެ ރައީސް މައުމޫން އަބްލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Asuru

މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މައުމޫނަކީ ރާއްޖޭގައި މަރުގެ ޢަދަބު ދިނުމާއި ދެކޮޅަށް މީގެ ކުރިން ވެސް ވާހަކަ ދެއްކެވި ބޭފުޅެކެވެ.

ރައީސް މައުމޫން ވަނީ އެކަމަށް އާންމުންގެ ތާޢީދު ހޯދުމަށް ވާހަކަ ދެއްކުމަކީ ތަޢުލީމީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީއިރު، މި ސަރުކާރުގެ ސިޔާސަތަކީ މަރުގެ އަދަބު ތަންފީޒު ކުރުން ކަމަށް ސަރުކާރުގެ ދާޚިލީ ވަޒީރު އަލީ އިހުސާން ވަނީ ހާމަ ކުރައްވައިފައެވެ.

އެކަމާ ގުޅިގެން ރައީީސް މައުމޫން ވަނީ މަރުގެ އަދަބު ދިނުމަކީ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިއެއް ކަމަށް ދެކެވަަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މަރުގެ ޙުކުމް ތަންފީޒު ކުރުމާއި ދެކޮޅަށް ރައީީސް މައުމޫން ވާހަކަފުޅު ދައްކަވާ ކޮންމެ ފަހަރަކު އެމަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއެވެ.