މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަ ކުރައްވައިފިއެވެ.

ކެބިނެޓު ބައްދަލުވުމުގެ ކުރިން، އެމަނިކުފާނު ރައީީސް އޮފީހުގައި ހުންނަވާ ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި، ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމާގުޅޭގޮތުން މަޝްވަރާކުރެއްވުމާއި، އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރުމުގައި ހުރި ހުރަސްތައް ނައްތާލުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

އަދި އެއާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ސޯޝަލް ހައުސިންގ ކެޓެގަރީއެއް ތަޢާރަފުކުރުމާއި، މީޑިއާތަކަށް ޚާއްސަކޮށްގެން ޤާއިމުކުރުމަށް ނިންމާފައިވާ މީޑިއާ ވިލެޖުގެ މަސައްކަތްތަކާގުޅޭގޮތުންވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވިގެންދާނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

ރައީީސް މުޢިއްޒު ވަ‏ޒީރުންނާއިއެކު ބާއްވަވާ ކެބިނެޓު ބައްދަލުވުންތަކުގައި، ރައްޔިތުންނާއި ގުޅުންހުރި މުހިންމު ނިންމެވުންތަކެއް ނިންމަވައެވެ. ރައީީސް ދާދި ފަހުން ދެއްކެވި ވާހަކަފުޅެއްގައި އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވާ ޓީމުގެ ހީވާގިކަން ފާހަގަކުރައްވައި، ކެބިނެޓު ބައްދަލުވުންތައް ވެސް ދިގުކޮށް ކުރިއަށް ގެންދަވާ ކަމުގައި ވިދާޅުވިއެވެ.