ވިލިމާލޭގެ ޕާކެއްގެ އާބާތުރަ ފިލުވަން ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.

ސްޓެލްކޯ އާއި ޙަވާލު ކޮށްފައި ވަނީ، ވިލިމާލޭގައި ކުޑަކުދިން ކުޅެހަދާ 38 ނަންބަރު ކޮށި މަރާމާތު ކުރުމަށެވެ.

އެ ތަން ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފައެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި، ސްޓެލްކޯގެ ފަރާތުން ސޮއި ކުރައްވައިފައި ވަނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީއާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުގެ އިތުރުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު، އަޙްމަދު ނަރީޝްއެވެ.

ސޮއި ކުރުމުގެ ރަސްމިޔާތުގައި ފަހުމީ ވިދާޅުވީ ވިލިމާލޭގެ 38 ނަންބަރު ކޮށީގައި އޮތް ޕާކު ތަރައްގީކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި އެތަން ހުޅުވާނެ ކަމަށެވެ.

މިއީ ސީއެސްއާރްގެ ދަށުން ސްޓެލްކޯ އިން ކުރާ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.