މަގު ހެދުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި ގުޅޭގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރްޑީސީ) އާއި މާލެ ސިޓީ ކައުންސިލު މަޝްވަރާ ކޮށްފިއެވެ.
އާރުޑީސީން އެކްސްގައި ބުނީ، މަގު ހެދުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާއި އެ ކުންފުންޏާއި ގުޅިގެން ކުރެވިދާނެ މަސައްކަތާއި ގުޅޭ ގޮތުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި މާލެ ސިޓީގެ އެކްޓިންގ މޭޔަރު މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ.
މަގު ހެދުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، މާލެ ސިޓީ ކައުންސިލާއި އާރުޑީސީ އާއި ގުޅިގެން ކުރެވިދާނެ މަސައްކަތާއި ގުޅޭ ގޮތުން މިކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަދި މާލެ ސިޓީގެ އެކްޓިންގ މޭޔަރ މިއަދު ވަނީ ބައްދަލުކޮށް މަޝްވަރާ… pic.twitter.com/5XpjJ7tkpn
— Road Development Corporation Ltd (@rdcmaldives) January 8, 2024
އާރްޑީސީ އާއި މާލެ ސިޓީ ކައުންސިލުގެ ވެރީން ބައްދަލު ކުރެއްވިއިރު، މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ރިޔާސީ ކެމްޕެއިނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މާލޭގެ ހުރިހައި މަގެއް ވެސް، އެމަނިކުފާނުގެ ވެރިކަމެއްގައި ހައްދަވާނެ ކަމުގައި ވިދާޅުވެފައެވެ.
އާރްޑީސީގެ މަސައްކަތްތައް ހަލުވި މިނުގައި ކުރިއަށް ގެންދާއިރު، އެ ކުންފުނިން ދާދި ފަހުން ވަނީ، އަމީނީ މަގުގެ ފަހު ދެ ސެގްމަންޓްގައި ތާރު އެޅުމުގެ މަސައްކަތް ވެސް ނިންމައިލައިފައެވެ.
ަ
