ޕާކިން އިމާރާތްތައް ނިމެންދެން، ޕާކިން ވަޔަލޭޝަން ސްޓިކަރ ނުޖަހަން ނިންމައިފިއެވެ.

ައައު ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާޢު، އޮންލައިން ނޫސް ”މިހާރު“ އަށް އިއްޔެ ވިދާޅުވީ މާލެ ސަރަހައްދުގެ ޓްރެފިކްގެ މައްސަލައަށް ވަށާ ޖެހޭ ހައްލެއް ގެންނަން ކަމާގުޅޭ ފަރާތްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށާއި، ދައުލަތުގެ ހުރިހައި މުއައްސަސާތަކާއެކު މިކަމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރެވިއްޖެ ނަމަ، ޕާކިންގެ މައްސަލައަށް ހަރުދަނާ ހައްލެއްް ގެނައުމަކީ އެކަމުގައި އޮތް ހިތްހަމަޖެހުމެއް ކަމަށެވެ.

ސީޕީ ޝުޖާޢު ވިދާޅުވީ ވެހިކަލްތަކުގައި ސްޓިކާ ޖަހައިގެން އާއްމުން ޖޫރިމަނާކުރުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި، އެއީ ފުލުހުން އެއްވެސް ގޮތަކަށް ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ކުރީ ސަރުކާރުގައި، ސްޓިކަރ ޖަހައިގެން ދައުލަތަށް ވަނީ ވަރަށް ގިނަ ފައިސާ ހޯދައިފައެވެ. އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔައިފައެވެ.