މި ފެށުނު 2024 ވަނަ އަހަރުގައި، ޗައިނާއަށް ދަތުރުފުޅު ކުރެއްވި ބޭރު ޤައުމެއްގެ ފުރަތަމަ ރައީީސް އަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފިއެވެ.

ރައީީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ޚަލީލު، މިކަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފާހަގަކުރައްވައިފައެވެ. މިއީ ރައީސް މުޢިއްޒު، ބޭރުގެ ޤައުމަކަށް ކުރައްވަވާ އެންމެ ފުރަތަމަ ސްޓޭޓް ވިޒިޓް، ނުވަތަ ފުރަމާނަ ދަތުރުފުޅުކަން ވެސް މިނިސްޓަރު ޚަލީލު ފާހަގަކުރެއްވިއެވެ.

ރައީސްގެ ޗައިނާ ދަތުރުފުޅުގައި، ރާއްޖެ އާއި ޗައިނާ އާއި ދެމެދު 20 އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެއެވެ.

ރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި އިޤްތިޞާދީ ދާއިރާ، ތިމާވެށީގެ ދާއިރާ، މީޑިއާގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާއާއި ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީއާ ގުޅޭ އެކި ދާއިރާތައް ހިމެނެއެވެ.

މިގޮތުން ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ކާރިސާތައް މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމާއި، ބްލޫ އިކޮނޮމީ ކޯރޕަރޭޝަން އެއްބަސްވުމާއި، ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމާއި، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އާ ގުޅޭ އެއްބަސްވުން ހިމެނެއެވެ.