ރައީީސް ވާވޭ ބެއިޖިން ކޮންވެންޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައިފި

މި ޒިޔާރަތުގައި، ވާވޭ ކުންފުނީގެ މަންދޫބުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތަކާ ގުޅޭގޮތުން ތަފުސީލު މަޢުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

އެގޮތުން އެ ކުންފުނީގެ މަންދޫބުން ވަނީ އީޖާދީ މިފަދަ ކުރިއެރުންތަކުގެ ސަބަބުން ސަރުކާރުތަކަށާއި އަމިއްލަ ފަރުދުންގެ އާންމު ދިރިއުޅުމަށް އިތުރު ފަސޭހަ ގެނުވާ ގޮތްތަކުގެ މައުލޫމާތު ރައީސް ޑރ. މުޢިއްޒުއާ ޙިއްޞާކުރައްވާފައެވެ.

‎މީގެ އިތުރުން ވާވޭގެ ޓީމުން ވަނީ ޑިޖިޓަލައިޒޭޝަންގެ ސަބަބުން ލިބޭ ފައިދާތަކާ ބެހޭ ގޮތުން ވަރަށް ތަފުސީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފައެވެ.

މި ޕްރެޒެންޓޭޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދުނިޔެވީ ގޮންޖެހުންތަކުން އަރައިގަތުމަށް ޑިޖިޓަލް މިންގަނޑަށް ބަދަލު ކުރުމުގެ ސަބަބުން ލިބޭ ފައިދާތަކުގެ މައްޗަށެވެ. އެގޮތުން ވާވޭގެ ޓީމުން ވަނީ، ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށާއި ފެހި އިޤުތިޞާދު ކުރިއެރުވުމަށްޓަކައި އެ ކުންފުނީގެ ފަރާތުން ހޯދައިދޭ ނެޓްވަރކިންގ ހައްލުތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

‎ރައީސްގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.