ވާރޭވެހި މާލޭގައި ފެންބޮޑުވި ސަރަހައްދުތަކުގެ ފެން ހިންދައި އާންމު ޙާލަތަށް ގެނެސްފިއެވެ.

Ads by Asuru

އިއްޔެ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހި، މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވިއެވެ.

މިކަމާ ގުޅިގެން، އެކި ގެތަކަށް ވަނީ އެކި ވަރުގެ ގެއްލުންވެފައެވެ. އެމްއެންޑީއެފުން ބުނީ ފެންބޮޑުވި ސަރަހައްދުތަކުގައި ފެން ހިންދައި އާއްމު ހާލަތަކަށް ގެނެވިފައިވަނީ ފަތިހު 5:00 ހާއިރުއެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ގޭގެއަށް ފެންވަންނާތީ 176 ގެއެއްގައި ވެލިބަސްތާ ޖަހައި އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި ރޭ ދަންވަރު 2:35 އާ ހަމަމައަށް ޕަމްޕް ބޭނުންކޮށްގެން 27،449 ޓަނުގެ ފެން ހިންދާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.