އަމީނީ މަގުގެ ފަހު ދެ ސެގްމަންޓްގައި ތާރުއަޅާ ނިންމައި މަގު ާއާއްމުންނަށް ހުޅުވައިފިއެވެ.
އަމީނީ މަގު އެއްކޮށް އިއްޔެ ހުޅުވާލައިފައިވާއިރު އެކަމާ ގުޅޭގޮތުން އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނިގޮތުގައި، އެ މަގު ހުޅުވައިލީ މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭ ޓްރެފިކް ފްލޯ ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އަމީނީމަގު ސެގްމެންޓް 12 އަދި 13 ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އެ ދެ ސެގްމަންޓްގައި އޭބީސީ ފަށަލައިގެ މަސައްކަތް ނިމި، އެމްސީ-30 ޖެހުމަށްފަހު ތާރުއަޅާ ނިންމާލާފައިވަނީ ޖެނުއަރީ ހަތް ވަނަ ދުވަހުއެވެ.
ތާރުއަޅައި ނިންމާލި ނަމަވެސް އަމީނީމަގު ހުޅުވާނުލާ މަޑުކުރީ މަގުގައި އިތުރަށްކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.
