މާލެ ސިޓީއަށް މޭޔަރަކު ހޮވުމަށާއި، މާލެ ސިޓީ ކައުންސިލަށް ތިން މެމްބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.

މިއަދު ހެނދުނު ފެށި މި އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމްގެ ތާއީދާއެކު މާލެ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރައްވާ ޢާޒިމާ ވިދާޅުވީ، ވީހާވެސް އަވަހަކަށް ނުކުމެވަޑައިގެން ވޯޓު ލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ

”މިއީ ޑިމޮކްރެޓިކް ޕްރޮސެސްއެއް، އެހެހެންވީމަ ޕްރޮސެސްގައި ރައްޔިތުންގެ ހައްގެއް އަދި ޒިންމާއެއް ވީމަ، ޒިންމާ އަދާކޮށްދެއްވުމަށް އަޅުގަނޑުގެ ފަރާތުން ދަންްނަވާނީ.“، ކުރީގެ ބަންޑާރަ ނައިބު ޢާޒިމާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް ފަސް ބޭފުޅަކު ވާދަ ކުރައްވާއިރު، މި އިންތިޚާބުގައި ވާދަ ކުރައްވާ ޢާޒިމާ އާއި، އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ އާދަމް ޢާޒިމާއި، އަމިއްލަ ގޮތުން ވާދަ ކުރައްވަވާ ޙުސެއިން ވަހީދު ވެސް ވަނީ ވޯޓު ލައްވައިފައެވެ.