ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅުން ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިއްޖެއެވެ.

Ads by Asuru

އެ ޤައުމަށް ކުރެއްވެވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވަވައި ރައީީސް މިއަދު ވަނީ، މިކަން ހާމަކުރައްވައިފައެވެ.

”އަޅުގަނޑުމެން ކަނޑައަޅާ، ތަރައްޤީގެ އެކި ކަންކަމަށް، މަޝްރޫޢުތަކަށް ހޭދަ ކުރަން. އޭގެތެރެއިން އެންމެ ބޮޑު އެއްޗެއް ހޭދަ ކުރުމަށް ކަނޑައެޅިފައި ވަނީ، މާލޭގެ މަގުތައް ހެދުމަށް.“ ރައީީސް ވިދާޅުވިއެވެ.

ަރައީސް އާއި ސަރުކާރުގެ އިސް ވަފުދު ޗައިނާއަށް ކުރެއްވެވި ދަތުރުފުޅުގައި، ސަރުކާރުން ޗައިނާ އާއިއެކު މުހިންމު 20 އެއްބަސްވުމެއްގައި ސޮއި ކުރިއިރު، އެ އެއްބަސްވުންތަކުގެ ތެރޭގައި، މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫޢު ކަމުގައިވާ ”ރަސްމާލެ“ ގައި 30،000 ހައުސިން ޔުނިޓު އެޅުމާއި، ސަރުކާރުން ބޭނުންވާ ފެންވަރަށް ވީ.އައި.އޭ ތަރައްޤީ ކުރުމުގެ މަޝްރޫޢު ވެސް ހިމެނޭކަން ރައީީސް ފާހަގަކުރެއްވިއެވެ.