ބޭނުންވާ ތަކެތި:
1 ޖޯޑު ބްލޫބެރީ
½ ޖޯޑު ވެނީލާ ޔޯގަޓް
1 ސަމުސާ ލުނބޯ ހުތް
2 ސަމުސާ އޮރެންޖް ޖޫސް
½ ސަމުސާ ވެނީލާ އެސެންސް
½ ޖޯޑު އައިސް
ހަދާނެގޮތް:
އެންމެ ފުރަތަމަ ބްލޫބެރީ އާއި ޔޯގަޓާއި ވެނީލާ އެސެންސް އަދި އައިސް ބްލެންޑާއަށް އަޅައި، 30 ސިކުންތު ވަންދެން ގިރައިލާށެވެ.
އެއަށްފަހު ލުނބޯ ހުތާއި އޮރެންޖް ޖޫސްކޮޅު އެއްކޮށްލައި ކުޑަކޮށް ގިރައިލާށެވެ. މިހާރު ތިޔަ ހުރީ ސްމޫތީ ތައްޔާރު ކުރެވިފައެވެ.
