ދިވެހި ސަރުކާރު ބަދަލު ކުރަން އިންޑިއާއިން ސިފައިން ފޮނުވަން އެ ޤައުމުގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީއަށް ނިސްބަތްވާ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު ސުބްރަމާނިއަން ސުވާމީ ގޮވާލައިފިއެވެ.
އޭނާ އަކީ މީގެ ކުރިން ވެސް ރާއްޖެ ހިފަން ގޮވައިލި މީހެކެވެ. އޭނާ ފުރަތަމަ އެކަމަށް ގޮވައިލީ ރައީީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.
ސުވާމީ އެކްސްގައި ކުރި ޕޯސްޓެއްގައި މިކަމަށް ގޮވައިލީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލަން ސަރުކާރުން މަސައްކަތް ކުރަމުންދާތީއެވެ. އިންޑިއާގެ 88 ސިފައިން ރާއްޖޭގައި ތިބިކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
އެގޮތުން މާޗު މަހުގެ 15ގެ ކުރިން ސިފައިން ފޮނުވައިލަން ރައީީސް ވަނީ އެދިވަޑައިގެންފައެވެ.
އެކަމަށް އިޝާރަތްކޮށް، ސުވާމީ ބުނީ ރައީސް ޑރ.މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އިންޑިއާގެ ބޮޑުވަޒީރަށް މި އަހަރުގެ މާޗު 15 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް މުހުލަތެއް ދީފައިވާ ކަމަށެވެ. އަދި މި މުއްދަތު ތެރޭގައި އިންޑިއާ ސިފައިން ނުފައިބައިފިނަމަ، އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
”ރާއްޖެއިން އިންޑިއާގެ މޫނު މައްޗަށް އުކި ކިސަޑު ސާފު ކުރާނީބާ؟ ނޫނީ ރާޖިވް ގާންދީ ހެއްދެވި ގޮތަށް ހަނގުރާމަ މަތީ މަތިންދާބޯޓުތަކާއި، އިންޑިއާ ކަނޑުގެ ސިފައިންނާއި، އިންޑިއާގެ އެއްގަމު ސިފައިން ފޮނުވައިގެން މުޢިއްޒުގެ ސަރުކާރު ބަދަލު ކުރާނީތޯ؟“ އޭނާ ބުނެފައިވެއެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާ ގުޅޭ ގޮތުން އުފައްދާފައިވާ މަތީ ފަންތީގެ ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން އިއްޔެ ފޮރިން މިނިސްޓްރީގައި ވަނީ ބާއްވައިފައެވެ.
އެ ބައްދަލުވުމުގެ ބައިވެރިންގެ ތެރޭގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ހިމެނިވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ، ދެ ޤައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން ދެ ގައުމުގެ މަސްލަހަތު އޮތް ތަފާތު ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށާއި އޭގެ ތެރޭގައި ތަރައްޤީގެ މަޝްރޫޢުތަކަށް އެއްބާރުލުން ދިނުމާ ގުޅޭ ވާހަކަތައް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ތިބި ބިދޭސީ ސިފައިން ފޮނުވައިލުމަކީ ރައީީސް ޑރ.މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ. އެމަނިކުފާނު ރިޔާސީ ކެމްޕެއިނުގެ ދުވަސްވަރު ވިދާޅުވަމުން ގެންދެވީ، ޤައުމުގެ މިނިވަންކަން ދިފާޢު ކުރުމަށްވުރެ، މުހިންމު ވަޢުދެއް ނެތް ކަމަށެވެ.

މިގައުމުގެ ވެރިކަން ބަދަލު ކުރަނީ އިންޑިއާ ސިފައިންނެއް ނޫން. އެކަން ކުރާނީ ދައުރު ނިމުނީމަ މި ގައުމުގެ ރައްޔިތުން. މިގައުމު ވެރިކަން ބަދަލު ކުރަން އައިސްފިނަމަ އަހަރެމެން ރާއްޖެ ސިފައިން ގޮވައިގެން ދާނަށް ގެރި މޯދީ ތަޅާ ބަލިކޮއް މަލިކު އަތުލަން. ޢެއީ ވެސް ދިވެހިރާއްޖެއިން ކަލޭމެން ފޭރިގަނެގެން އުޅޭ ތަނެއް.
ސުބުރަމާނިއަމް އަށް މާތް ﷲ ހެޔޮވިސްނުންދެއްވާށި
ސުބަކީ ހަމަސުބުއެވެ. އެވައްތަރުގެ ބޯހަމަނުޖެހޭ އުޅޭނެކަން ދަންނަންވާނެ އެވެ.
އިންޑިޔާގެ އެމީހާ އެބުނި ބުނުން ބުނީ ކީވެތޯބެލުމަށް އިންޑިޔާ ސަފީރު ފޮރިންމިނިސްޓުރީއަށް ހާޒިރުކޮށް ސުވާލުކުރަންޖެހޭ. ދިވެހި ރާއްޖެއަކީވެސް މިނިވަން ގައުމެއް. އިންޑިޔާގެ އަޅުވެތި ކަމުގަ އޮތް ގައުމެއްނޫންމީ.
މިބަލާވެރިކަން މިހާބޮޑައް މިރާއްޖެއައްޖެހުނީ ކެނެރީގޭ ނަށީދުގެ ވެރިކަމުގަ އެފަހުން އެމްޑީޕީ ވެރިކަމުގަ އޮތިއްޔާ އިންޑިއާގެ އަވަށެއްކަހަލަ އެހެންބަޔަކު ވެރިކަމައްއައީމާ އިނޑިއާގެބަލާ އެމްޑީޕީގެ ތާއީދާއެކު ދިވެހިންނައް ފާވޭ ގައުމައް ގައްދާރުވާމީހުން މަރަން ގާނޫނެއްހަދަން އެބަޖެހޭ
މީކީ އިނޑިއާގެ ކައްޕަޅި އަވައްގަނޑެއްނޫނޭ ކަލޭމެން ބޭނުނހާކުޅިއެއްކުޅެން އިނޑިއާއިން މިގައުމާ ކުޅެގެންފިނަމަ މިގައުމުގަ ތިބި އެމޑީޕީއައް ނިސްބަތްވާ ގައްދާރު ނިކަން ހޭލާތިބޭތި
އިންޑިއާ ސިފައިން ނެތި ރާއްޖޭގެ ޓުއަރިޒަމް ނޯންނާނެކަމަށް އިންޑިއާގެ ނޫސްވެރިންގެ ވާހަކަތަކުން ހާމަވޭ