ކަންކަމުގައި ގޮތް ނިންމެވުމުގައި ރައީސް ޑރ. މުހައްމަދު ވަރަށް ކުޅަދާނަ ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު މަވޯޓާ) ތައުރީފު ކުރައްވައިފިއެވެ.
ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގަތް މެންބަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ހީކުރި ވަރަށް ވުރެ ރައީސް މުޢިއްޒު ކުޅަދާނަ ކަމަށެވެ.
”ޑިޒިޝަން ނަންގަވާލެއް ހަލުވިވެފައި އަވަސް. ރާއްޖެ އަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ގިނަގުނަ،“ މަވޯޓާ ވިދާޅުވިއެވެ.
މަވޯޓާ އިތުރަށް ވިދާޅުވީ ޤައުމަށް ބޭނުންވަނީ މިފަދަ އުނދަގޫ ދަތި ދަނޑިވަޅުތަކުގައި ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު ހަލުވި ސްޕީޑްގައި ކަންކަން ކުރާ ލީޑަރެއް ކަމަށެވެ.

ކަލޯ މަހީކުރިވަރަށްވުރެ މާކުޅަދާނަކަލޭ. އަބަދު އެނބުރެނީ ފައިކައްސާލަފާނެތީ. ލަތެއް ހަޔާތެއް އަގަލެއްނެތް.