އައު ކާގޯ ޓާމިނަލުން ތިން ގުނަ އިތުރަށް ކާގޯ ހޭންޑްލް ކުރެވޭނެ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ކާގޯ ޓާމިނަލް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވިއިރު، މިއީ އެއާޕޯޓުގެ ތަރައްޤީއަށް ރައީސް ގެންގުޅުއްވާ ވިޝަންގެ ވަރަށް މުހިންމު މަޝްރޫޢުއެކެވެ.

އައު ކާގޯ ޓާމިނަލުން ކުރީގެ ޓަރމިނަލަށްވުރެ ކާގޯ ހޭންޑްލިންގެ މަސައްކަތް ތިންގުނަ އިތުރަށް ކުރެވޭނެއެވެ.

 

އައު ކާގޯ ޓަރމިނަލުގައި ކުރީގެ ޓަރމިނަލަށްވުރެ ގިނަ ވަޞީލަތްތައް ޤާއިމުކޮށްފައިވާއިރު އައު ޓަރމިނަލުގައި ބޭނުންކުރަނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދެވެ.

މީގެ އިތުރުން އައު ކާގޯ ޓަރމިނަލުގައި 3 ބުރިއަށް އިމާރާތްކޮށްފައިވާ އޮފީސް އިމާރާތެއް ހިމެނޭއިރު އެއަރލައިންތަކާއި ބްރޯކަރުންނަށް ޚާއްޞަކޮށް މިތަނުގައި 55 އޮފީހުގެ ޖާގަ ހިމެނެއެވެ.

ރައީސް މުޢިއްޒު ދާދިފަހުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަހަރަކު ޖުމްލަ 25،000 ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކުރުމުގެ މެގަ ޕްރޮޖެކްޓް އިޢުލާނު ކުރައްވައިފައެވެ.