އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، (އެސްޑީއެފްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް ފާތިމަތު މީޒާ އާދަމް އައްޔަންކޮށްފިއެވެ.

އެސްޑީއެފްސީ އިން ވަނީ މީޒާ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަންކުރިކަން ހާމަކޮށް އޭނާއަށް މަރުހަބާ ކިޔައިފައެވެ.

މީޒާ މީގެ ކުރިން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީނިއާ ކްރެޑިޓް އޮފަސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.

އޭނާ އެންމެ ފަހުން ހުރީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ކޯޕަރޭޓް އެފެއާސް މެނޭޖަރެއްގެ ގޮތުގައެވެ.

މީޒާ ޑިގްރީ ހާސިލް ކުރީ އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން ޔުނިވާސިޓީ އޮފް ކޮލަމްބޯ އިންނެވެ. މާސްޓާ އޮފް ބިޒްނަސް މެނޭޖްމަންޓް (އެމްބީއޭ) އޭނާ ހާސިލްކުރީ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލޭންޑުންނެވެ.