މިދިޔަ އަހަރު ”އާބަންކޯ“ އަށް ރިބްރޭންޑްކުރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ އެ ނަން ބޭނުން ކުރުން ހުއްޓާލަން ނިންމައިފިއެވެ.
މިކަން އަދި އެ ކުންފުނިން ރަސްމީކޮށް އިޢުލާނުކޮށްފައި ނުވާއިރު، ވަރަށް އަވަހަށް އެކަން އިޢުލާނު ކުރާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
”އާބަންކޯ“ އަށް އެޗްޑީސީ ރިބޭންޑްކުރީ އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެޕްރީލް 1، 2023 ގައެވެ.
ކުންފުނި ރިބްރޭންޑްކުރަން ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ޚަރަދު ކުރިއެވެ.
އެޗްޑީސީ އެންމެ ފުރަތަމަ އުފެއްދީ 2001 ވަނަ އަހަރު ރައީސް އޮފީހުން ހިންގާ ވަކި ޔުނިޓެއްގެ ގޮތުގައެވެ.
އޭގެފަހުން އެޗްޑީސީގެ ނަން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމަށްވެސް ބަދަލުކުރިއެވެ. އަދި އޭގެފަހުން ކުންފުނީގެ މެންޑޭޓް ފުޅާކޮށް އަދި ހުޅުމާލޭގެ އިތުރުން ތިލަފުށި، ގުޅިފަޅު، ކުޑަގިރި ވެސް އެޗްޑީސީއަށް ބަދަލުކޮށް އެކުންފުނީގެ ނަން ހައުސިން ޑިވެޕްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލުކުރިއެވެ.
