މާލޭގެ މޭޔަރު ކަމަށް އިންތިޚާބުވެވަޑައިގެންނެވި އާދަމް ޢާޒިމް ހުވައި ކުރައްވާ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

އެ ރަސްމިއްޔާތު ބާއްވަން ހަމަހެހިފައި ވަނީ ދަރުބާރުގޭގައެވެ. އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މޭޔަރުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޢިއްޒު ރާއްޖޭގެ ރައީސް ކަމަށް އިންތިޚާބުވުމާ ގުޅިގެންނެވެ.

މާލޭގެ މޭޔަރު ހޮވަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ވެރިކަމުގައި އެމްޓީސީސީގެ ސީ.އީ.އޯގެ މަޤާމު ފުރުއްވި ޢާޒިމް ކާމިޔާބުކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައިގެންނެވެ.

އޭނާ އަކީ ޖުމްލަ ފަސް ކެންޑިޑޭޓަކު އެ އިންތިޚާބުގައި ވާދަކުރެއްވިއެވެ. ޢާޒިމް މޭޔަރުގެ މަގާމު ކާމިޔާބު ކުރެއްވީ 7621 ވޯޓުންނެވެ.

އެއީ އެ އިންތިޚާބުގައި ވޯޓުލީ މީހުންގެ 44.81 ޕަސެންޓެވެ. ޢާޒިމް މޭޔަރުގެ ހުވައި ކުރައްވާ ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން ގޮނޑިއަކަށް އިންތިޚާބުވި ކައުންސިލަރުން ވެސް ހޯމަަ ދުވަހުގެ ރަސްމިއްޔާތުގައި ހުވައި ކުރައްވާނެއެވެ.