ރަމަޟާން މަސް ކައިރިވަމުން އަންނައިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އައު މިސްކިތެއް އެޅުމުގެ މަސައްކަތް އާބަންކޯ އިން ފަށައިފިއެވެ.

އެ ކުންފުނިން މިއަދު ބުނީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރަމުންދާ ކަމަށެވެ.

”މިކުންފުނީގެ އަމާޒަކީ ރަމަޟާންމަހުގެ ކުރިން މި ވަގުތީ މިސްކިތް ނިންމުމެވެ.“ އާބަންކޯއިން ބުންޏެވެ.

ަމި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭ ގޮތަށް ހަދާ މިސްކިތެކެވެ. ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ރޯދަ މަސް ފެށޭނެ ކަމަށް ބެލެވެނީ، މާޗު މަހުގެ 10 ވަނަ ދުވަހުއެވެ.