ވެލައްސަރު ރިސޯޓު ކައިރިން، ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

Ads by Asuru

ފުލުހުން ބުނީ ކ.ވެލައްސަރު ރިސޯޓު ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު 9:11 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައި ކަމަށެވެ.

މަރުވެފައި އޮއްވައި ފެނިފައިވަނީ ކ.އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.